ހދ.އަތޮޅުގެ ގިނަ ރަށްތަކަކުން ވާދަކުރާ "ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025" ގައުމީ ދުވަހު (24 އޮގަސްޓް) ނައިވާދޫގައި ފަށާނެއެވެ.
ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކުރާ މި މުބާރާތުގައި ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ހިމެނެއެވެ. ދެ މުބާރާތް ވެސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ނައިވާދޫގައެވެ.
ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވާ 8 ޓީމް:
- ކްލަބް ކޮރަލްސް (ކުޅުދުއްފުށި)
- ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ (ހަނިމާދޫ)
- ކުމުންދޫ ސްޕޯޓްސް ކްލަބް (ކުމުންދޫ)
- ނޮޅިވަރަމް ޒުވާނުންގެ ގުޅުން (ނޮޅިވަރަމް)
- ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކްލަބް (ނައިވާދޫ)
- ވީއައިއޭ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް (ފިނޭ)
- ނިކަސިޓީ ސްޕޯޓްސް ކްލަބް (ނެއްލައިދޫ)
- އާރޯ (ވައިކަރަދޫ)
އަންހެން ޑިވިޝަންގައި ބައިވެރިވެފައިވާ 6 ޓީމް:
- އަޅޭ ސްޕޯޓްސް ކްލަބް (ނައިވާދޫ)
- ދެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބް (ފިނޭ)
- ސާއްބަ އެކުވެރި ކްލަބް (ހަނިމާދޫ)
- ކުމުންދޫ ސްޕޯޓްސް ކްލަބް ( ކުމުންދޫ)
- ކްލަބް ސެނަން (ނޭކުރެންދޫ)
- ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު (ކުޅުދުއްފުށި)
މި މުބާރާތުގެ ގުރުއަތުލުން މިއަދު ހަވީރު ނައިވާދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް) ރުފިޔާ، އަދި ރަނަރަޕް ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!