ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތްތަަކުގެ ދާއިމީ ލިސްޓާއި އަދި އެކިއެކި ސަބަބުތަކާހުރެ ހައުސިންގ ޔުނިޓް ނުލިބޭ ފަރާތުގެ ލިސްޓް އާންމުކޮށްފިއެވެ.

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 110 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި އަދި އެކިއެކި ސަބަބުތަކާއިހުރެ ހައުސިން ޔުނިޓް ނުލިބޭ ފަރާތްތަކުގެ ލިސްޓް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި
ގެޒެޓުގައި ވަނީ ޢާންމުކޮށްފައެވެ.

Ad
rt

މި އިޢުލާނުގައި ދަންނަވާފައިވަނީ އެކިއެކި ސަބަބުތަކާއިހެދި ހައުސިން ޔުނިޓް ނުލިބޭ ފަރާތްތަކުން މި ލިސްޓާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، 16 ފެބްރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެ ކަމަށް ޚާއްޞަކުރެވިފައިވާ ފޯމުން އެ ޝަކުވާއެއް އެ ކައުންސިލަށް ހުށަހެޅުއްވުމަށް އެދޭކަމަށެވެ.

ފޯމް 12 ފެބްރުވަރީ 2020 ވާ ބުދަ ދުވަހުން ފެށިގެން އެ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެކަމަށާއި އެކިއެކި ސަބަބުތަކާއިހުރެ ހައުސިން ޔުނިޓް ނުލިބޭ ފަރާތްތަކުގެ ލިސްޓާ ގުޅިގެން އެ ކައުންސިލަށް އެއްވެސް ޝަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ޝަކުވާއަކަށް އެ ކައުންސިލުން ޖަވާބު އަރުވާނެ ކަމަށެވެ.