ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓު ދިވެހި ފައިސާއިން ދޭން ނިންމި ނިންމުން ބަދަލުކޮށް، މުޅި މުސާރަ ޑޮލަރުންދޭން ނިންމައިފިއެވެ.
ޓީއެމްއޭގެ އެ ނިންމުމާއި ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން މި މަހުގެ 26 އިން ފެށިގެން ދަތުރުކުރުން ހުއްޓާލަން އޮތީ ނިންމާފައެވެ.
މިކަމާ ގުޅިގެން، އެ ކުންފުނިން ވަނީ މުސާރަ ދިވެހި ފައިސާއިން ދޭން ނިންމި ނިންމުން ބާތިލުކޮށް، ކުރިއެކޭ އެއްގޮތަށް ޑޮލަރުން މުސާރަ ދޭން ނިންމައި މިއަދު އެކަން މުވައްޒަފުންނަށް އަންގާފައެވެ.
ޓީއެމްއޭއިން މިފަދަ ނިންމުމެއް ކުރިން ނިންމީ ޓޫރިޒަމް ކުންފުނިތަކުން ޑޮލަރު މާރުކުރަން ލާޒިމުކުރާ ގާނޫނާ ގުޅިގެން، އެ ކުންފުންޏަށް ދިމާވި މާލީ ދަތިތަކަށް ހައްލެއް ހޯދުމަށް ކަމަށް ބުނެއެވެ.
ޓީއެމްއޭ ޕައިލެޓުން ދަތުރުތައް ހުއްޓާލަފާނެތީ މަޓާޓޯގެ ކަންބޮޑުވުން
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 200 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރާއިރު، އެންމެ ޖޫނިއާ ޕައިލެޓަކަށްވެސް ގާތްގަނޑަކަށް 6،000 ޑޮލަރު ލިބެއެވެ.
ޓީއެމްއޭގެ ޕައިލެޓުންނަށް މުސާރަ ދިނުމަށް ގެނައި ބަދަލާ ގުޅިގެން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ހުއްޓާލަން އުޅޭކަމަށް ދެކެވުނު ވާހަކައާއި ގުޅިގެން ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!