އެޓްމޯސްފިއަރ ފައުންޑޭޝަންގެ ކުޅުދުއްފުށި ސިޓީ ކައުންސިލަށް 30 އޮނުގަސް ހަދިޔާކޮށްފިއެވެ.

މިއީ އެ ފައުންޑޭޝަންގެ ބެމްބޫ ފޯރ ކްލައިމެޓް މިޓިގޭޝަން ޕްރޮޖެކްޓްގެ ދަށުން ހަދިޔާކުރި ގަސްތަކެކެވެ.

Ad
rt

ސިޓީ ކައުންސިލުގެ ފިނިފެހި ނާސަރީއަށް މި ގަސްތައް ހަދިޔާކޮށްދެއްވުމާއެކު، އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލްއަޒީޒު އަބްދުލްހަކީމް ގެ އިތުރުން ޓީމާއި އެކު ޑރ. އޭންޕައުލް ވެސް ވަނީ ސިޓީގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދުމުުގެ ހަރަކާތުގައި ބައިވެރިވެފައެވެ.

މީގެ އިތުރުން އަބްދުލްއަޒީޒު ވަނީ އެޓްމޮސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ކުޅުދުއްފުށީގައި ކުރިއަށް ގެންދެވުނު ޕަންޗް ނީޑްލް އެމްބްރޮއިޑަރީ ކޯހުގެ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސިޓީއަށް ކުރެއްވި ދަތުރުގައި ކޯހުގެ ބައިވެރިންނާއި ބައްދަލުކުރައްވާފައެވެ.

އެގޮތުން ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީގައި "ދިވެހި އިސްޓޭމްޕް - ތުނޑުތަކާއެކު" މި ނަމުގައި އަބްދުލްއަޒީޒު ލިޔުއްވާފައިވާ ފޮތާ ގުޅޭގޮތުން ލިޓްރަރީ ސެލޯންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން މި ދަތުރުގައި އަބްދުލްއަޒީޒު ވަނީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި، ދެފަރާތުން ގުޅިގެން އެކި ދާއިރާތަކުން ކުރިއަށް ކުރެވެންހުރި މަސައްކަތްތަކާއި މެދު މަޝްވަރާކޮށްފައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ އެޓްމޮސްފިއަރ ފައުންޑޭޝަނުން ސިޓީ ކައުންސިލުން ގުޅިގެން އެ ކުރައްވަމުންދާ މަސައްކަތްތައް އަގުވަޒަންކޮށް ޝުކުރުއަދާކުރައްވާފައެވެ.