ހއ. އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް އަންނަ އޮކްޓޯބަރ މަހު އަދި ފިރިހެން ވޮލީ މުބާރާތް އަންނަ އޯގަސްޓްމަހު ބޭއްވުމަށް ނިންމައިފިއެވެ.
އިހަވަންދޫ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެކައުންސިލުން ބާއްވާ ''ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2025'' އަންނަ އޮކްޓޯބަރު މަހު ފަށަން ވަނީ ނިންމާފައެވެ. އަދި ''ކައުންސިލް ކަޕް ފިރިހެނުންގެ ވޮލީ މުބާރާތް 2025'' އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ފަށަން ވަނީ ނިންމާފައެވެ.
މި ދެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވެސް ބޮޑު ފައިސާގެ އިނާމެއް ދޭން އިހަވަންދޫ ކައުންސިލުން ވަނީ ނިންމާފައެވެ.
މިގޮތުން ''ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2025''ގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
''ކައުންސިލް ކަޕް ފިރިހެނުންގެ ވޮލީ މުބާރާތް 2025''ގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
އިހަވަންދޫ ކައުންސިލްގެ ރިކްރިއޭޝަން ކްލަބުން އިންތިޒާމްކުރާ މި މުބާރާތުގައި ބައިވެރިވުމަށް އަދި ހުޅުވައެއް ނުލައެވެ.
އިހަވަންދޫ އަކީ އިޖުތިމާއީ ރޫހުގައި ރޯރިގަދަ މުބާރާތްތައް ބާއްވަމުން އަންނަ ރަށެކެވެ. އަދި އެރަށަކީ އަތޮޅު ފެންވަރުގައި ވެސް ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެއް ރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!