ހއ. އުތީމު ކައުންސިލުން އެރަށުން ދިރިއުޅުމަށް ޓަކައި 2000 އަކަފޫޓުގެ 31 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
އުތީމު ކައުންސިލުން ބުނި ގޮތުގައި، މި 31 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ކައުންސިލްގެ 04 ވަނަ ދައުރުގެ 137 އަދި 211 ވަނަ ބައްދަލުވުމުން މިކަން ފާސްކޮށްފަ އެވެ. އެގޮތުން، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވާ ފަރާތްތަކަށް މިގޯތިތައް ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ.
ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ފަށާނީ 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2025 އޮގަސްޓް 10 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.
އުތީމުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމުގެ ޝަރުތުތައްތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުމާއި، 600 އަކަފޫޓައްވުރެ ބޮޑު ގޯއްޗެއް އަދި ގޯއްޗަކުން ބައެއްވިޔަސް އެމީހެއްގެ ނަމުގައި ރެޖިސްޓުރީ ކުރެވިފައިވާ ނަމަ
މިއުޞޫލާއި އެއްގޮތްވާ ގޮތުގެ މަތީން ދޫކޮށްލުމާއި، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއް، ރޯހައުސް އެއް، ހައުސިންގ ޔުނިޓެއް ނުވަތަ އެއްމެދު ޢިމާރާތެއްވިޔަސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި ނެތުމާއި އަދި ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިނެތުން ފަދަ ޝަރުޠުތައް ހިމެނެއެވެ.
- ގޯއްޗަށް ކުރިމަތި ކުމަށް ހުޅުވާލައި އުތީމުކައުންސިލުން ކުރި ޢިއުލާން
- އުތީމުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު
ގޯއްޗަށް އެދި ހުށަހަޅަންޖެހޭ ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނާނީ އެކަމަށް ދީފައިވާ މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން 14:00 އަށް އުތީމު ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ.
ކައުންސިލުން ވަނީ އެކަމަށް ކުރި އިޢުލާނާއެކު، "ދިރިއުޅުމަށް ޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޢުޞޫލާއި، ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލު އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު އަންގައިދޭ ޗާޓު" ވެސް ޝާއިޢުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!