ހއ.މުރައިދޫގައި ހިންގަމުން އަންނަ އެކަޑަމީއެއް ކަމަށްވާ "ނިޔާ އެކަޑަމީ" އިން އިންތިޒާމް ކޮށްގެން މުރައިދޫގައި ކުރިއަށް ގެންދިޔަ "މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓް 2025" ގެ ޗެމްޕިއަންކަން ކެލާ އިން ކާމިޔާބު ކޮށްފިއެވެ.

މުބާރާތުގެ ފައިނަލް މެޗު އާދީއްތަ ދުވަހުގެ ރޭ މުރައިދޫ ވޮލީ ކޯޓްގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލުކޮށްފައި ވަނީ ކެލާ އާއި ފިއްލަދޫއެވެ. ފައިނަލް މެޗު ކެލާ އިން ކާމިޔާބު ކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންގޮސްފައި ވަނީ 23-25، 27-25 އަދި 22-25 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކެލާ ޓީމްގެ މުއައްވިޒް އަބްދުﷲ އެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން

އަލީ އަބްދުﷲ (ޓީމު ފިނޭ)،

މުހައްމަދު ޝަކީބު (ޓީމު ފިނޭ)

އިބްރާހިމް ޖައުފަރު (ޓީމު ފިއްލަދޫ)

އަލީ ޒިޔާމް (ޓީމު ކެލާ)

މުއައްވިޒް އަބުދުالله (ޓީމު ކެލާ)

އަދި ހުސައިން ހަނީދު (ޓީމު ކެލާ)

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ކެލާ ޓީމުގެ މުސާ އަލީ ހޮވުނުއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ވެސް ކެލާއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކެލާ ޓީމުގެ އަލީ ޒިޔާމްއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިންނަށް، ވާދަވެރި އަދި އެކުވެރި މާހައުލެއްގައި ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމާއި، ތިލަދުންމަތީގެ ވެޓަރަންސް ކުޅުންތެރިން އެއްތަނަކުން ބައްދަލުވެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި އިޖުތިމާއީ ރޫހު ވަރުގަދަ ކުރުމެވެ. އެ އުމުރުފުރާގެ ފަރާތްތައް ދުޅަހެޔޮ ފުރިހަމަ ސިއްހަތެއްގައި ތިބުމަށް ހިތްވަރު ދިނުމަކީ ވެސް މި މުބާރާތުގެ މަގުސަދެކެވެ.