މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީ މުބާރާތް ކެލާ އިން ކާމިޔާބުކޮށްފި
ހއ.މުރައިދޫގައި ހިންގަމުން އަންނަ އެކަޑަމީއެއް ކަމަށްވާ “ނިޔާ އެކަޑަމީ” އިން އިންތިޒާމް ކޮށްގެން މުރައިދޫގައި ކުރިއަށް ގެންދިޔަ “މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓް 2025” ގެ ޗެމްޕިއަންކަން ކެލާ އިން ކާމިޔާބު ކޮށްފިއެވެ. މުބާރާތުގެ ފައިނަލް މެޗު އާދީއްތަ ދުވަހުގެ ރޭ މުރައިދޫ ވޮލީ ކޯޓްގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލުކޮށްފައި ވަނީ ކެލާ އާއި ފިއްލަދޫއެވެ. ފައިނަލް މެޗު ކެލާ އިން ކާމިޔާބު ކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންގޮސްފައި ވަނީ 23-25، […]