ހއ. އިހަވަންދޫގައި ބާއްވާ ހޭލުންތެރިކަމުގެ ޕްރޮގްރާމް، "އިހަވަންދޫ ސްކޭމެއްގައި ނުޖެހޭނެ" މިރޭ އޮންނާނެކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ.
"އިހަވަންދޫ ސްކޭމެއްގައި ނުޖެހޭނެ" ޕްރޮގްރާމަކީ ހއ.އަތޮޅު ކައުންސިލާއި ހއ.ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އިހަވަންދޫގައި ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ ވިލުންވެރި މުޖުތަމައެއް ބިނާކުރުމާއި، މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުންކަމަށް އިހަވަންދޫ ކައުންސިލުން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމް އޮންނާނީ މިރޭ 20:30 ގައި އިހަވަންދޫ ސްކޫލް ހޯލްގައެވެ.
އިހަވަންދޫ ކައުންސިލުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދީފައެވެ.
ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފައެވެ. ސްކޭމްތަކުން ރައްޔިތުން ސަލާމަތްކުރުމަށް ފުލުހުން އަންނަނީ ކެނޑިނޭޅި ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!