ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން، ހަނިމާދޫގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލުމެޗު ރޭ ހަނިމާދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ވާދަކޮށްފައި ވަނީ އެއާޕޯޓާއި ފެނަކައެވެ. އެއާޕޯޓުން ފައިނަލް މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިން ފެނަކަ ބަލިކޮށްގެންނެވެ.

Ad
rt

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެއާޕޯޓް ޓީމްގެ އަބޫބަކުރު ސިއްދީޤެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެއާޕޯޓް ޓީމްގެ އަލީ ހުސެއިން، އަބޫބަކުރު ސިއްދީޤު، ފެނަކަ ޓީމްގެ ނޫރުﷲ ތޯހާ، ފެނަކަ ޓީމްގެ އާލިފް އިބްރާހީމްގެ އިތުރުން އެމްއެންޑީއެފްގެ ގޯލު ބެލެހެއްޓި ހުސެއިން އަހްމަދެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވަނީ ވާދަކޮށްފައެވެ. އެ ޓީމްތަކަކީ ހަނިމާދޫ ކައުންސިލް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ހަނިމާދޫ ފެނަކަ، މޯލްޑިވިއަންގެ އިތުރުން އެމްއެންޑީއެފް އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.