ހދ. ނޮޅިވަރަމުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ފެނުގެ ނިޒާމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިއަދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާ އާއި، އިނޮޅިވަރަމް ކައުންސިލްގެ މެމްބަރުންނާއި އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާއިން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، ނިމިދިޔަ ސަރުކާރުން ފަށައިފައިވާ މަޝްރޫޢުތަކުގައި ހިމެނޭ، މި ދެ މަޝްރޫޢު ފިޔަވައި، ރަށުގެ ކަރަންޓުގެ ޙާލަތު މިވަގުތު ދަށްކޮށް ހުރުމުގެ ސަބަބުން ކައުންސިލުން ވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަަދި ލަފާފުރުމުގެ ދަތިތަކާއި ބެހޭގޮތުންނާއި ރަށު ސްކޫލު ހޯލުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވާތީ އެ މަޝްރޫޢުގެ އެންމެ ފަހު މަޢުލޫމާތުވެސް ވަޒީރާއި ހިއްސާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަަވައި ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ސަރުކާރުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ ތެރޭގައި، ނޮޅިވަރަމް ކައުންސިލް ޢިމާރާތުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި ސަރުކާރުން ހިންގާ ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން ނޮޅިވަރަމްގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމުގައި ޔަގީންކަން ވަޒީރު ދެއްވާފައިވެއެވެ.

މީގެ އިިތުރުން މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ލޯކަލް ގަވަރމެންޓް ޑިޕާޓްމަންޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހދ. އަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޙަސަނާއި، ހދ. އަތޮޅުގެ ކަންތައްތައް ބަލަހައްޓަވައި ކޯޑިނޭޓަރ، ޑެޕިއުޓީ މިނިސްޓަރ ޢަލީ ޝަމީމް ބައިވެރިވެލެއްވިއެވެ.