ހިރިޔާ ސްކޫލްގެ އައު ޕްރިންސިޕަލަކަށް އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ހުންނެވި އައިމިނަތު ނައީމާ ހަމަޖައްސައިފިއެވެ.
ހިރިޔާ ސްކޫލަށް އައު ޕްރިންސިޕަލެއް ހަމަޖައްސާފައި ވަނީ އެ ސްކޫލްގެ ޕްރިންސިޕަލަކަށް ކުރިން ހުންނެވި ރިންޒީ ވަހީދު އަމީނިއްޔާ އަށް ބަދަލުކުރެއްވުމުންނެވެ. ރިންޒީ އަމީނާ އަށް ބަދަލުކޮށްފައި ވަނީ މިދިޔަ އެކަޑަމިކް އަހަރު ނިމެނިކޮށެވެ.
ހިރިޔާގެ އައު ޕްރިންސިޕަލަކަށް ހަމަޖެއްސި ނައީމާ، އައު ޕްރިންސިޕަލަކަށް ހަމަޖެއްސުމާއި ހަމައަށް ގެންދަވަނީ 23 ނޮވެންބަރ 2021 އިން ފެށިގެން އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ފުރުއްވަމުންނެވެ.
ނައީމާ ހިރިޔާ ސްކޫލްގައި މަސައްކަތް ކުރަން ފެއްޓެވީ 2010 ވަނަ އަހަރު ޓީޗަރެއްގެ ގޮތުގައެވެ. އެއަށްފަހު ލީޑިންގ ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ. ނައީމާ ފުރަތަމަ ކިޔަވައިދެއްވަން ފެއްޓެވީ 2005 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގައެވެ.
ޔުނިވާސިޓީ އޮފް މައިސޫރުން ފުރަތަމަޑިގްރީ ހާޞިލް ކުރެއްވި ނައީމާ ވަނީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރ ޑިގްރީ ހާޞިލް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!