ގދ. ފިޔޯރީ ބަނދަރު ތަރައްޤީކުރު މުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ ކޮންޓެކްޓަރަކީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އެވެ.
ފިޔޯރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެރަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. ޢަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު (ޑީސީޕީ) ރިޓަޔަރޑް އަޙުމަދު ސައުދީއެވެ.
80 ހެކްޓަރުގެ ފިޔޯރީގައި 740 އެއްހާ މީހުން ދިރިއުޅޭއިރު، މިއަދު ޢަމަލީ މަސައްކަތް ފެށިގެން މިދިޔަ މަޝްރޫޢުގެ ދަށުން ފިޔޯރީގެ ނެރާއި ފަޅު ފުންކުރުމުގެ އިތުރުން އެއްގަމު ތޮށި އޮންނަ ސަރަޙައްދު ބޮޑުކުރެވިގެން ދާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މަޝްރޫޢު އާއިއެކު އެރަށުގެ ރައްޔިތުންނަށް ލަފާފުރުމުގައި ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ދެކޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 35,184 ކިއުބިކް މީޓަރުގެ ސަރަ ހައްދެއްގެ އާ ބަނދަރު ފުންކުރުމާއ،ި ބަނދަރަށް ވަންނަ 28,872 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުންކުރުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 2901 އަކަ މީޓަރުގެ ސަރަހައްދެއްގެ ބެކްފިލް ކުރުމާއ،ި 82 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 260 މީޓަރުގެ ސަރަ ހައްދެއްގައި އެއްގަމުތޮށި ލުމާއ،ި 17 މަގު ބައްތި ހަރުކުރުމާއ،ި 4 ނެރު ބައްތި ހަރުކުރުމާއ،ި 66 މޫރިންގ ރިންގްސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވ.ެ
މި މަޝްރޫޢަކީ 38.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ، ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!