2020 ވަނަ އަހަރުގެ އޫރިދޫ ކަލާ ރަން ހުޅުމާލޭގެ އިތުރުން، އުތުރުގެ ކުޅުދުއްފުށި ސިޓީގައި ބާއްވަން ހަމަޖައްސައިފިއެވެ.
އުރީދޫއިން އެކަން އިއުލާނުކޮށްފައިވަނީ އެކުންފުނިން މިއަހަރަށް ރާވާފައިވާ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ރޭ ބޭއްވި 'މަރުހަބާ 2020' ހަފްލާގައި އެވެ.
ކުޅުދުއްފުށި ސިޓީގައި ކަލާ ރަން ފަށާނީ މެއި މަހުގެ 29 ވަނަ ދުވަހުގަ އެވެ. އަދި ހުޅުމާލޭގައި ބާއްވާ ކަލާ ރަން އޮންނާނީ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ.
އުރީދޫއިން ބުނެފައިވަނީ އުރީދޫ ކަލާ ރަން މިއަހަރު ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމީ އެ ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމާ އެއްގޮތަށް ކަމަށެވެ.
'އުރީދޫ ކަލާ ރަން' ދުވުމަކީ ކޮންމެ އަހަރަކުވެސް އުރީދޫއިން ބާއްވަމުން އަންނަ ދުވުމުގެ ބޮޑު ހަރަކާތެކެވެ. މިދިޔަ އަހަރުގެ ކަލާ ރަން ބާއްވާފައިވަނީ ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!