ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފެށިކަން ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހާމަކޮށްފައިވާއިރު، ޝައްމާނު ވަނީ ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށްފައެވެ.

Ad
rt

މީގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ރޭ އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން މިރޭ ބުނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ ކުރީގެ ވެރިޔާ ޝަމްއާން ހައްޔަރުކޮށްފި

އޭނާގެ އިތުރުން މި މައްސަލާގައި ހައްޔަރުކޮށްފައިވާ 3 މީހުން ތެރެއިން ދެ މީހަކު 10 ދުވަހަށް އަދި އެކަކު 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ މުއްދަތު ދީފައެވެ.

މި މީހުންގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތެވެ.