ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މިރޭ ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފެށިގެން ރޭ ފުލުހުން ހާމަކޮށްފައިވާއިރު، ޝައްމާނު ވަނީ އިއްޔެ މަގާމުން ވަކިކޮށްފައެވެ.

Ad
rt

އެއަށްފަހު އޭނާ ވަނީ ތަހުގީގަށް މިރޭ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލައިގެ ތުހުމަތުގައި ޝައްމާން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ، ޝަމްއާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ބުންޏެވެ.

ޝައްމާނުގެ އަމުރަށް ދޫކޮށްލި ބިދޭސީ މީހާ ގެންދިޔަ ފައިސާތައް ޝައްމާނުގެ ގެއަށް

އޭނާ ހައްޔަރުކޮށްފައިވާއިރު، ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޑިޓެއިންކުރަން އާންމުކޮށް ހަރަކާތްތެރިވާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓު ސެކްޝަން ނޫން، އެެހެެން ސެކްޝަންތަކެއްގައި އުޅޭ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން އުޅޭ ގެއެއް ބަލައި ފާސްކޮށް ފައިސާތަކަކާއެކު ބިދޭސީންތަކެއް އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންގޮސް، އެތަނުން އެކަކު ފައިސާތަކަކާއެކު ޝައްމާނުގެ އަމުރަށް އެރޭ ދޫކޮށްލިކަމަށް ބުނެފައެވެ. އަދި އެމީހުން ދޫކޮށްލުމުން އެމީހާ ހައްޔަރުކުރި ގެ ބަލައި ފާސްކުރަން އަމަލީގޮތުން އުޅުނު އިމިގްރޭޝަން މުވައްޒަފުން، އެ ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، ބިދޭސީ އަތުގައި ހުރި ފައިސާތައް ހޯދައި، އެ ފައިސާތައް ހިފައިގެން 21 މާރިޗް 2025 ވަނަ ދުވަހާއި ހަމައަށް އޭރު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމު އަދާކުރަމުންދިޔަ މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ވެސް ތަހްގީގަށް އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.