ބޮޑު ތިލަދުންމަތީގެ 5 ސްކޫލެއް ހިމެނޭހެން 18 ރަށެއްގެ ސްކޫލްގެ ނުނިމި ހުރި މަސައްކަތް ނިންމަން ތައުލީމީ ވުޒާރާއިން، ސަރުކާރުގެ ތިން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިގޮތުން ތައުލީމީ ވުޒާރާއިން ފެނަކަ ކޯޕަރޭޝަން (ފެނަކަ) އާއި ވަނީ 12 ސްކޫލެއްގެ މަސައްކަތް ހަވާލުކޮށްފައެވެ. އެ ސްކޫލްތަކަކީ؛

Ad
rt
  • ހދ. ވައިކަރަދޫ ސްކޫލް (ހދ. އަތޮޅު މަދަރުސާ)
  • ށ. ގޮއިދޫ ސްކޫލް
  • ށ. ފީވަށް ސްކޫލް
  • ބ. ގޮއިދޫ ސްކޫލް
  • ބ. ފުޅަދޫ ސްކޫލް
  • ފ. ބިލެތްދޫ ސްކޫލް
  • ފ. ފީއަލީ ސްކޫލް
  • ތ. ވޭމަންޑޫ ސްކޫލް
  • ތ. އޮމަދޫ ސްކޫލް
  • ލ. ކުނަހަންދޫ ސްކޫލް
  • ގއ. ކަނޑުހުޅުދޫ ސްކޫލް
  • ގއ. ކޮނޑޭ ސްކޫލް

ތައުލީމީ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ވަނީ ހަތަރު ސްކޫލެއްގެ މަސައްކަތް ހަވާލުކޮށްފައެވެ. އެ ސްކޫލްތަކަކީ؛

  • ހއ. އުލިގަމު ސްކޫލް،
  • ރ. އުނގޫފާރު ސްކޫލް،
  • ކ. މާފުށި ސްކޫލް،
  • ވ. ފުލިދޫ ސްކޫލް.

ތައުލީމީ ވުޒާރާއިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ވަނީ ދެ ސްކޫލެއްގެ މަސައްކަތް ހަވާލުކޮށްފައެވެ. އެ ސްކޫލްތަކަކީ؛

  • ހއ. ފިއްލަދޫ ސްކޫލް،
  • ރ. ހުޅުދުއްފާރު ސްކޫލް،

މި ސްކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރަން ހަވާލުކުރިނަމަވެސް، މި ސްކޫލްތަކުގައި ކުރެވޭނެ މަސައްކަތްތަކުގެ ތަފްސީލެއް ތައުލީމީ ވުޒާރާއިން ދީފައެއް ނުވެއެވެ.

ދާދިފަހުން ރާއްޖޭގެ ނުވަ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން މި ތިން ކުންފުންޏާއި ހަވާލުކޮށްފައިވާއިރު، 75 ރަށެއްގެ ކުނި މެނޭޖްކުރާ ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ މި ތިން ކުންފުންޏާއި ހަވާލުކޮށްފައެވެ. އަދި 75 ރަށެއްގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ވެސް ފުލުހުންގެ ޚިދުމަތުން ވަނީ މި ތިން ކުންފުންޏާއި ހަވާލުކޮށްފައެވެ.