ވިއެޓްނާމްގެ ދެ އަންހެނަކު ފުޅާދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ޑީޕޯޓުކޮށްލައިފިއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިއަ 3 ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ ވިއެޓްނާމްގެ 44 އަހަރުގެ އަންހެނަކާއި، 38 އަހަރުގެ އަންހެން މީހާ މިހާރު ރާއްޖެއިން ޑީޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރެވުނު ތިންވަނަ މީހާ ކަމުގައިވާ ލާއޯސްގެ 37 އަހަރުގެ އަންހެން މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިއަ 3 ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި 3 މީހުން ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި. މީގެތެރެއިން 02 މީހަކު މިހާރު… pic.twitter.com/lB1j1Sh4gL
— Maldives Immigration (@ImmigrationMV) March 17, 2025
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގަމުން އަންނަ ހާއްސަ އޮޕަރޭޝަންތަކުގައި މީގެ ކުރީން ވެސް އެކިފަހަރުމަތިން ބިދޭސީން އަތުލައި ޑީޕޯޓްކޮށްފަވެއެވެ.
ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމަކީ ޤާނޫނާ ޚިލާފު ކަމެކެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު އުންމަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!