ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓްގެ މަސައްކަތުގެ ބޮޑުބައި ނިންމައިފިއެވެ.

120 މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ 83.2 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިއަހަރުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލާނެކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ވަނީ ވިދާޅުވެފައެވެ.

Ad
rt

ރޯ ހައުސްގޮތަށް ދެ ފަންގިފިލާއަށް އިމާރާތްކުރާ އެ މަޝްރޫއުގައި ހިމެނޭ ކޮންމެ ޔުނިޓެއްގައި ހިމެނެނީ 3 ކޮޓަރިއާއި، 3 ފާހާނާއާއި، ސިޓިން ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމެކެވެ.

ދިއްދޫގައި މީގެކުރިން ވަނީ 250 ހައުސިން ޔުނިޓް އިމާރާތްކޮށްފައެވެ. އެ ޔުނިޓްތަކުގައި މިހާރު މީހުން ދިރިއުޅެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިއްދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ދިއްދޫއަކީ 5000 އާއި ގާތްކުރާ އާބާދީއެއް ދިރިއުޅެމުން އަންނަ ހއ.އަތޮޅުގެ ވެރިކަންކުރާ ރަށެކެވެ. ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން އެއްހާހާ ގާތްކުރާ އަދަދަކަށް މީހުން ފޯމު ހުށަހަޅާފައިވެއެވެ.