ށ.ފޯކައިދޫގައި އިސްލާމީ މަރުކަޒެއް، އަދި ބޮޑުތިލަދުންމަތީގެ 3 ރަށެއްގައި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފިއެވެ.
ފޯކައިދޫ އިސްލާމީ މަރުކަޒު ހިމެނޭހެން 12 ރަށެއްގައި މިސްކިތް އިމާރާތްކުރުމަށާއި 2 ރަށެއްގައި ޤުރުއާނާއި ބެހޭ މަރުކަޒެއް ގާއިމްކުރުމަށް ސަރުކާރުން ވަނީ ދެ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތިލަދުންމަތީގައި މިސްކިތް ބިނާކުރާ ރަށްތަކަކީ ށ. ނޫމަރާ، ހދ. ނެއްލައިދޫގެ އިތުރުން ހއ. ބާރަށެވެ. ދެން މިސްކިތްބިނާކުރާ އަށް ރަށަކީ ތ. ހިރިލަންދޫ ރ. އިނގުރައިދޫ، ސ. ފޭދޫ، ބ. ކުޑަރިކިލު، ނ. ހެނބަދޫ، ތ. ވޭމަންޑޫ، ބ. މާޅޮސް، އއ. ފެރިދޫ އެވެ.
މި މަޝްރޫޢުގެ ތެރެއިން 11 ރަށެއްގައި މިސްކިތްތަށް ބިނާކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާއިރު އެމްޓީސީއާ ހަވާލުކޮށްފައިވަނީ 3 ރަށެއްގެ މަސައްކަތެވެ.
އިސްލާމީ މަރުކަޒާއި، ޤުރުއާން މަރުކަޒުތަކުގެ އިތުރުން 8 ރަށެއްގައި މިސްކިތްތައް އިމަރާތްކުރުމަށް ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ ތިން ރަށެއްގެ މިސްކިތުގެ މަސައްކަތެވެ. އެ ރަށްތަކަކީ ބ. މާޅޮސް، އއ. ފެރިދޫ އަދި ހއ. ބާރަށެވެ.
ފޯކައިދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ޖަލްސާކުރާ ހޯލާއި ލައިބްރަރީ، ކުލާސް ރޫމް ހިމެނެއެވެ. އެތަނުގައި ސޯލާ ހަރުކޮށް އޭސީ ހަރުކޮށް ޤުރުއާން ކިޔަވައިދޭ ކުލާހެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކާއެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 35 މިސްކިތް ބިނާކުރުމުގެ މަޝްރޫޢުގެތެރެއިން ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!