ހދ. ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމަށާއި، ކުޅުދުއްފުށީ ސިޓީގައި ދަމަނަވެށި އެޅުމަށް މިރޭ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މި ދެ ތަނުގެ މަސައްކަތް ހަވާލުކުރީ ސިއްހީ ޚިދުމަތްދޭ ނުވަ އައު އިމާރާތް އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
މި ދެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ އާރުޑީސީ އާއެވެ.
މި ދެތަނުގެ އިތުރުން އދ. މާމިގިލީ ހޮސްޕިޓަލް އެޅުމަށާއި، ކ. ގާފަރު ޞިއްޙީ މަރުކަޒު އަޅަން ވެސް މިރޭ އާރުޑީސީ އާއި ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިނގ ޑީރެކްޓަރ ބްރިގޭޑިއަރ ޖެނަރަލް ރިޓަޔަރޑް ޢަލީ ޒުހެއިރުއެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ އަގަކީ 104,834,778.55ރ އެވެ. އަދި ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށީގެ މަޝްރޫޢުގެ އަގަކީ 23,113,061.08ރ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!