"އޯގާވެރި ދަޢުވަތު" މިނަމުގައި އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް ގުޅިގެން، ކުރިއަށް ގެންދާ ޕްރޮގްރާމް ހއ އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފި އެވެ.

މި ޕްރޮގްރާމަކީ ދީނާއި ގުޅޭ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ހިންގާ ކެމްޕެއިނެކެވެ.

Ad
rt

ޖަނަވަރީ 12 އިން 17 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމް އެއަތޮޅު ހުރިހާ ރަށެއްގައިވެސް އާންމުންނަށާއި ގްރޭޑް 7 އިން މަތީގެ ސްކޫލް ދަރިވަރުންނަށް ހިންގިފައިވެއެވެ.

މި ޕްރޮގުރާމުގައި ދޮރުން ދޮރަށް ހިނގާ، ދަރިވަރުންނަށް ދީނީ ނަޞޭޙަތް ދިނުމުގެ އިތުރުން، ޢާއްމުންނަށް ދީނީ ނަޞޭޙަތް ދީފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

"އޯގާވެރި ދަޢުވަތު" މިނަމުގައި އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމް ދެން އޮންނާނީ ފ އަތޮޅުގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.