ހޯރަފުށި އިންޓެގްރޭޓެޑް ޔޫތު އެޑްވާންސްމެންޓް އެސޯސިއޭޝަން (ހިޔާ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ "ހިޔާ އަލިނޫރު ޤުރުއާން މުބާރާތް 1446" ފަށައިފިއެވެ.
މި މުބާރާތުގައި ވާދަކުރަނީ ހޯރަފުށީ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ހޯރަފުށި، ތުރާކުނު އަދި އުލިގަމުގެ ދަރިވަރުންނަށެވެ. މުބާރާތުގައި ހޯރަފުށީހެ 40 ދަރިވަރުން ވާދަކުރާއިރު، ތުރާކުނުން 10 ބައިވެރިން އަދި އުލިގަމުން 10 ބައިވެރިން ވާދަކުރެއެވެ.
މުބާރާތުގައި ހިމެނެނީ ހަތަރު އުމުރުފުރާއެކެވެ. އެއީ 4 އަހަރާއި 6 އަހަރާއި ދެމެދު، 7 އަހަރާއި 10 އަހަރާއި ދެމެދު، 11 އަހަރާއި 13 އަހަރާއި ދެމެދު އަދި 14 އަހަރާއި 16 އަހަރާއި ދެމެދެވެ.
މި މުބާރާތުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މުބާރާތް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޮޑުކޮށް ހޯރަފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނަ ހޮވާ ފައިސާފެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ހަނދާނީ ފިލާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުޅި މުބާރާތުން އެއްވަނަ ހޯދާ ދަރިވަރަށް 3000 ރުފިޔާ، ދެވަނައަށް 2000 ރުފިޔާ އަދި ތިންވަނައަށް 1000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މުބާރާތުގެ އުމުރުފުރާތަކުން އެއްވަނައަށް 1000 ރުފިޔާ، ދެވަނައަށް 700 ރުފިޔާ އަދި ތިންވަނައަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!