ށ. ފޭދޫ ކައުންސިލްގެ ފަރާތުން ރަމަޟާން މަހާ ދިމާކޮށް ރަށުތެރެ ފޮގް ކުރުމުގެ މަސައްކަތް އިއްޔެ ހަވީރު ފަށައިފިއެވެ.

ށ ފޭދޫ އަކީ އާދައިގެ ވަރަކަށް ގަސް ބޯ ރަށެއް ކަމުން މަދިރީގެ އުނދަގޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ޖެހެއެވެ.

Ad
rt

އެހެންކަމުން މަދިރި ކޮންޓްރޯލް ކުރުމަށް އިއްޔެ ކައުންސިލުން މި ފެށި މަސައްކަތް، ފެބުރުވަރީ 27 ވާ ބުރާސްފަތި ދުވަހާ ހަމަ އަށް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލް ގެ ރައީސް އަހުމަދު ރައިޝަމް މައުލޫމާތުދެއްވިއެވެ.

އިއްޔެ ފޮގް ކުރި ސަރަހައްދު ތަކުގެ ތެރޭގައި ފޭދޫ ވަށާ މަގާއި، ބަނދަރުމަތި އަދި ރަށުގެ އެކި ސަރަހައްދުތައް ހިމެނެއެވެ.

ފޭދޫ ކައުންސިލުން މީގެ ކުރީން ވެސް ވަނީ މަދިރިން ރައްޔިތުން ރައްކާތެރިކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި 3،500 ވައްތަރުގެ މަދިރި އުޅޭއިރު، ރާއްޖެއިން އާންމުކޮށް ފެންނަަނީ 3 ވައްތަރެއްގެ މަދިރިއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރީ އީޑިސް މަދިރިއެވެ. މަދިރީގެ ޒަރީއާއިން މެލޭރިއާ ފައިލޭރިއާ ޑެންގީ، ޔެލޯ ފީވަރ، ޗިކުންގުންޔާފަދަ ބަލިތައް ފެތުރެއެވެ.

މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރެއިން، ރާއްޖޭގައި ޢާންމުކޮށް އެންމެ ގިނައިން ޖެހެނީ ޑެންގީ ހުމެވެ. ރާއްޖޭގައިވެސް އަހަރުގެ އެކި ދުވަސްވަރު ޑެންގީއާއި ޗިކުންގުންޔާ ފަދަ ބަލިތައް ފެތުރެއެވެ.