ފުދުންތެރިކަން ކުޑަ 300 ޢާއިލާއަށް، ކަދުރު ޙަވާލުކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މަމްސް އެއިޑާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މިއަދު ބުނީ ރޯދަމަހާ ގުޅިގެން، ފުދުންތެރިކަން ކުޑަ 300 ޢާއިލާއަށް، ކަދުރު ޙަވާލުކުރުމަށްޓަކައި މަމްސް އެއިޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

Ad
rt

މިކަދުރަކީ މިމަޤުޞަދުގައި ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުން މިނިސްޓްރީއަށް ހަދިޔާކޮށްފައިވާ ކަދުރުކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.

މި އަހަރު ސައުދީ ސަރުކާރުން ދިވެހިރައްޔިތުންނަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާއިރު، އެ ކަދުރު ބަހަން ފެށީ މިދިޔަ މަހުގެ 20ގައެވެ. ގޭބިިސީއަށް ކަދުރު ބަހަނީ، އެ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރަށާއި ކަދުރާ ހަވާލުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުއެވެ.

މި އަހަރު ކަދުރު ބެހުމަށް ހަމަޖެހިފައިވާ ޖަމިއްޔާތަކުގެ ތެރޭގައި ރޯދަވީއްލުންތައް އިންތިޒާމު ކުރާ ޖަމިއްޔާތައް ހިމެނޭއިރު، މީގެ ތެރެއިން 19 ޖަމިއްޔާއަކުން ކަދުރު ހޯދުމަށް އެދި ނަން ނޯޓުކޮށްފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިން ބުނެފަވެއެވެ.