ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ ޓަވަރަކުން ވެއްޓި 31 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ޓަވަރުގެ ބިއްދޮށް ފަޅިއަށް ވެއްޓިފައި އޮއްވާ ފެނުނު މީހާއަކީ ހ. ގިނިރާހިއާގެ، އިބްރާހީމް ޝަރަފް (31 އަހަރު) އެވެ.
އޭނާ ވެއްޓިފައި ވަނީ ސްޓެލްކޯ މުވައްޒަފުންނަށް ޚާއްޞަކޮށް އަޅާފައިވާ މި ޓަވަރުތަކުންކުރެ، ސީ ޓަވަރުގެ ބާރަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ފެނުނު އިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވަނީ ތަޙްޤީޤެއް ފަށާފައެވެ.
މި ހާދިސާގައި ނިޔާވި ފަރާތުގެ ޢާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، ޢާއިލާގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!