ރަމަޟާން އުމްރާއަށް ދާ މީހުން މިމަހު 28 ގެ ކުރިން ވެކްސިން ފުރިހަމަކުރުމަށް ދަމަނަވެށިން އިލްތިމާސްކޮށްފިއެވެ.

ދަމަނަވެށިން މިއަދު ނެރުނު ޢިއުލާނެއްގައި ވަނީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު އުމްރާ އަށް ދާ މީހުން މި ފެބްރުއަރީ މަހުގެ 28 ގެ ކުރިން އުމްރާ ވެކްސިން ޖަހާ ނިންމުމަށް އެދޭ ކަމަށެވެ.

Ad
rt

އެއްވެސް ސަބަބަކާހުރެ ރަމަޟާން މަސް ފެށުމުގެ ކުރިން ވެކްސިން ނުޖެހޭ ފަރާތްތަކުން ރަމަޟާން މަހުގެ ރޭތަކުގެ ތެރެއިން ދަމަނަވެށިން ޚިދުމަތް ދިނުމަށް ކަނޑައަޅާ ގަޑިތަކުގައި ވެކްސިންޖެހޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެތަނުން ބުނެފައެވެ.