ފަލަސްތީނަށް އެހީވުމަށް އއ. ހިމަންދޫ އިންޖީނުގޭ މުވައްޒަފުންގެ ފަރާތުން 126،560 ރުފިޔާ ހަދިޔާކޮށްފިއެވެ.

ސްޓެލްކޯ އިން ބުނީ ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ހިމަންދޫ ކައުންސިލް، ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ހަރަކާތެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

"ހެލްޕް ޣައްޒާ - ދިވެހިން ހަނދާނެއް ނުނެތޭ" ގެ ނަމުގައި ހިންގުނު ޚައިރާތީ ހަރަކާތުން ޖުމްލަ 260,800 ރުފިޔާ (ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ ރުފިޔާ) ހޯދާފައިވާ ކަމަށެވެ.

’’މީގެ ތެރެއިން 126,560 ރުފިޔާ (އެއްލައްކަ ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާ.’’ ސްޓެލްކޯ އިން ބުނެފަވެއެވެ.

އެ ކުންފުނިން ބުނީ މިފަދަ އިޖްތިމާޢީ ޚިދުމަތުގެ މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން ޢަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި ފަޚުރުވެރިވެ، އެ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ.

ސްޓެލްކޯގެ މުވައްޒަފުން އަންނަނީ މިފަދަ ގިނަ ކަންތައްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.