ޓެކްސީ ބުކިން މޯބައިލް އެޕްލިކޭޝަން "އަވަސް ރައިޑް"ގެ ޚިދުމަތް ކުޅުދުއްފުއްޓަށް ތައާރަފުކޮށްފިއެވެ.

"ޢަވަސް ރައިޑު" ގެ ހިދުމަތް ކުޅުދުއްފުށި ސިޓީގައި ތައާރަފްކޮށްފައިވާ އިރު އެ ސިޓީގައި މި އެޕްލިކޭޝަނަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. ކުޅުދުއްފުށި ސިޓީގެ އިތުރުން ދެން މި އެޕްލިކޭޝަނުގެ ހިދުމަތް ލިބެނޭ މާލެ އަދި އައްޑޫ ސިޓީއިންނެވެ.

Ad
rt

އަވަސް ރައިޑު މެދުވެރިކޮށް ކާރުގެ އިތުރުން، ޕިކަޕާއި ސައިކަލުވެސް އޯޑަރު ކުރެވެއެވެ. އަދި ޓެކްސީ ބޯޑު ނުޖަހާ ޕްރައިވެޓް ކާރުތަކަށްވެސް ދަތުރުތައް ނެގެއެވެ. ޓްރާންސްޕޯޓު ގަވާއިދު ބުނާގޮތުން، އަމިއްލަ ކާރުތަކަށް އަގު ނަގައިންގެން ހިދުމަތް ދެވޭނީ އެ މިނިސްޓްރީއިން ހުއްދަ ދީފައިވާ މިފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަންޏެވެ. އަވަސް ރައިޑަކީ ރާއްޖޭގެ މިފަދަ އެންމެ މަޤްބޫލު އެޕްލިކޭޝަނެވެ.

"އަވަސް ރައިޑް" ސީއޯއޯ އިސްމާއިލް އަޒްމީ އަދުނާން ގަބޫލު ކުރާގޮތުގައި ކުޅުދުއްފުށީގެ ދަތުރުފަތުރަށް ބޮޑު އިިންގިލާބެއް ގެނުވާނެއެވެ. އަދި އެ ސިޓީއަށް ހާއްސަކޮށްގެން ބޮޑު ޕްރޮމޯޝަނެއްވެސް "އަވަސް ރައިޑް" އިން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

ކުޅުދުއްފުށި ސިޓީއަށް ހިދުމަތް ދިނުމަށްޓަކައި "އަވަސް ރައިޑު" އިން މިހާރު ވަނީ އެޕްލިކޭޝަނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޑްރައިވަރުންނަށް ހުޅުވާލާފައެވެ.

ޒަމާނަށް އައި ބަދަލާއެކު، އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ޓެކްސީ ހޯދުން ރާއްޖޭގައިވެސް ދަނީ މަޑު މަޑުން އާންމުވަމުންނެވެ. "އަވަސް ރައިޑް" އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޓެކްސީ ފްލީޓެވެ. މިގޮތުން އަވަސް ރައިޑު މެދުވެރިކޮށް ހިދުމަތްދޭ ކާރު، ސައިކަލު، އަދި ޕިކަޕުގެ އަދަދު 2000 އާއި ކައިރިކުރެއެވެ.

"އަވަސް ރައިޑް" ގެ ޑްރައިވަރަކަށް ވުމަށް އެ އެޕްލިކޭޝަން އެޕްލް ސްޓޯ އިން ނޫނީ ގޫގުލް ޕްލޭ ސްޓޯ އިން ޑައުންލޯޑުކުރެއްވުމަށް ފަހު އެޕްލިކޭޝަންގައި އިންނަ ފޯމު ފުރާލެއްވުމުން ޑްރައިވަރެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވޭނެއެވެ. މިގޮތުން، ޑްރައިވަރުގެ މައުލޫމާތު، ލައިސަންސް ކާޑު ހިމެނޭ ގޮތަށް ފޯރުކޮށްދޭންވާނެއެވެ. އަދި ކާރުގެ މައުލޫމާތާއި، ޑްރައިވަރުގެ ފޮޓޯ އެޕްލިކޭޝަނަށް ލުމަށްފަހު، 7242929 އަށް ގުޅައިގެން އެކައުންޓު އެކްޓިވޭޓް ކުރެވޭނެއެވެ.