ކުޑަކުދިންނަށް ކުރާ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާއި ދެކޮޅަށް މަމްސް އެންޖީއޯ އަދި ކުޅުދުއްފުށި ކައުންސިލް ގުޅިގެން ބޭއްވުނު މިހިނގާލުމުގައި ކުޅުދުއްފުށީގެ މުއައްސަސާތަކާއި އާންމުން ބައިވެރިވެފައިވާކަމަށް ބުނެފައިވެއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާއި ދެކޮޅަށް މަމްސް އެންޖީއޯ އަދި ކުޅުދުއްފުށި ކައުންސިލް ގުޅިގެން ބޭއްވުނު ހިނގާލުން.
މިހިނގާލުމުގައި ކުޅުދުއްފުށީގެ މުއައްސަސާތަކާއި އާންމުން ވަނީ ބައިވެރިވެފައި. pic.twitter.com/ihz8oYErVB— Kulhudhuffushi City Council (@kfcitycouncil) January 23, 2020
ކުޅުދުއްފުށީގައި ބޭއްވި ހިނގާލުން ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކާގައި އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ކޮންމެ ފަރާތެއް ފަރުދީ ޒިންމާ ނަގައި ރިޕޯޓްކުރަން ޖެހޭ ފަރާތްތަކަށް ރިޕޯޓްކޮށް އެވާހަކަތައް ތަކުރާރުކޮށް ދައްކައިގެން ނޫނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކުން އެ ކުދިން ސަލާމަތް ނުކުރެވޭނެކަމަށެވެ.
އަދިވެސް ދިވެހިން މިބަލަނީ ގޭގެ ކަރާމާތަކީ ގޭގެ ލާ ކުލަ ކަމަށް، ގޭގަ ބަހައްޓާ ބޮޑު ޓީވީ ކަމަށް، ގޭގައި އުޅޭ މީހުން ގަދަޔަށް ބެގީކޮށްފަ ނޫނިއްޔާ ރީތި ބޮޑެތި ހެނދުން ލައިގެން މަގުމަތީގައި ހިނގާ ހިންގުން ކަމަށް.
ނާސިހާ ވިދާޅުވި އެވެ.
ނެއްލައިދޫގައި ހިނގާލުން ކުރިއަށްގެންދިޔައީ އެރަށު ކައުންސިލުން އިންތިޒާމުކޮށްގެންނެވެ. މިއަދު ހަވީރު ކުރިއަށްގެންދިޔަ ހިނގާލުމުގައި އާންމުގެ ގިނަ ބަޔަކު ބައިވެރިވި އެވެ.
ނެއްލައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ސުލްޙަވެރި ހިނގާލުމުގައި އިސްކޮށް ތިއްބެވީ ނެއްލައިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ނާޠިމާއި ނައިބުރައީސް މުހައްމަދު އިލްހާމެވެ.
ނެއްލައިދޫ ކައުންސިލް ކުރިމަތިން ފެށި މި ހިނގާލުމުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ރައްޔިތުން ތިބިކަން އަންގައިދޭ އެކި ޝިޔާރުތައް ހިމެނޭ ބޯޑުތައްބޭނުން ކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާތައް ވަގުތުން ހުއްޓާލުމަށާއި، އެ އަނިޔާ ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ހިނގާލުމުގެ ބައިވެރިންވަނީ ގޮވާލާފައެވެ.
ކުޅުދުއްފުށި ސިޓީގެ އިތުރުން ހަނިމާދޫއާއި ނައިވާދޫގައިވެސް މަމްސް އެމްވީއިން ވަނީ ހިނގާލުން ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!