ޕީޕީއެމްގެ ވަފުދެއް ހއ އަތޮޅަށް، އިސްމީހަކަށް ސުޖާއު

2D3F77FD-5C3A-49A1-9B40-DB7DD469D54E

އިދިކޮޅު ކޯލިޝަނުން ހއ. އަތޮޅުގެ ހުރިހާ ރަށަކަށްކުރާ ކެމްޕޭން ދަތުރުތައް މިއަދު ފަށާނެ ކަމަށް ކޯލިޝަނުން ބުނެފިއެވެ.

މިދަތުރުގެ އިސްމީހެއްގެ ގޮތުން ހަރަކާތްތެރިވަނީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ލަތީފްވެސް ވަނީ ބައިވެރިވެފައެވެ. މިދަތުރުގެ ވަކި ހިސާބަކުން މާވަށުދާއިރާގެ މެންބަރު މުޙައްމަދު ސައީދުގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއިލް ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ދަތުރުތައް މިހާރު ހަތަރު އަތޮޅެއްގައި ކުރިޔަށް ދާކަމަށެވެ. އެގޮތުން މިއަދު މެންދުރު ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ފުރަން ހަމަޖެހިފައިވާއިރު، ރ. އަތޮޅުގައިވެސް ޓީމެއް ހަރަކާތްތެރިވަމުންދާކަމަށެވެ.

ޝުޖާއު ވިދާޅުވީ ކައުންސިލު އިންތިހާބުގެ ކެމްޕެއިން މުޅި ރާއްޖޭގައި ކުރިޔަށް ގެންދާނެ ކަމަށާއި މިފަހަރުގެ އިންތިހާބުގައި އިދިކޮޅަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށެވެ.

އަދި އަތޮޅުތަކަށް ކުރާ ކެމްޕޭން ދަތުރުތަކުގައި އިދިކޮޅު ކޯލިޝަނަށް އޮތް ތާއީދު އިތުރުކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރަމުން ނުދާތީ ރައްޔިތުން މާޔޫސްވެފައިވާކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *