ބޯކޮށް ވާރޭވެހި މުޅި މާލޭގައި ހެން ފެން ބޮޑުވެއްޖެއެވެ.
ރޭ މެންދަމުން ފެށިގެން މާލެ އަށް އަންނަނީ މެދު ނުކެނޑި ވާރޭ ވެހެމުންނެވެ.
ފަތިހު 4:13 ގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެއްސުމާއި ފެން ހިއްކުމުގެ މަަސައްކަތް ދިވެހި ސިފައިންނާއި ފުލުހުން އަދި ސިޓީ ކައުންސިލް ގުޅިގެން ކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން ގޭބިސީތަކުގެ ހާލަތު ގާތުން މޮނިޓަރ ކުރަމުން އަންނަކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން ތިން ސަރަޙައްދެއްގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ޖެނުއަރީ 3 ވަނަ ދުވަހު ވެސް މާލެ އަށް ވަނީ ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ކުރިމަތިވެފައެވެ. އެދުވަހު 161.9 މިލިމީޓަރުގެ ވާރޭ މާލޭ އަށް ވެހުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!