އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދީ ޏ. ފުވައްމުލަކު، ސްޓެއްލާ (ދޫޑިގަން) މުހައްމަދު ދީދީއެވެ.
މުހައްމަދު ދީދީ އަކީ ޔަލަމްލަމް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް އުޅުނު މީހެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، މުހައްމަދު ދީދީ ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
’’ޔަލަމްލަމް ކުންފުނިން އުމްރާއަށް ގޮސް ހުއްޓައި ގެއްލުނު ޢުމްރާވެރިޔާ ފެނިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ. ޙާލު ރަނގަޅު’’ ޝަހީމް ވިދާޅުވެފައެވެ.
މިދުވަސްވަރަކީ އުމްރާގެ އަޅުކަން އަދާކުރުމަށް ގިނައަދަދެއްގެ ދިވެހިން ގޮސްއުލޭ ދުވަސްވަރެކެވެ. ބައެއް މަސްދަރުތަކުން ރިޕޯޓްކޮސްފައިވާގޮތުގައި 6500 މީހުން މި ޑިސެމްބަރުމަހު އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!