އުފާވެރިކަމުގައި ހުންނަތަން މެނުވީ އެހެން މީހުނަށް ނުދައްކާށެވެ. މީހުނަށް އަބަދުވެސް ހިނިތުންވުމުގައި ހުރެ ބައްދަލު ކުރާށެވެ. ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިވަނީ ނަމަ ޤުރުއާނަކީ ތިބާއަށް ދުނިޔެމަތިން ހިތްހަމަ ޖެހުން ގެނެސްދޭ ސުވަރުގެ ކަމުގައި ދެކޭށެވެ.

އެކަނިވެރިކަމުގެ އިހުސާސް ކުރެވޭނަމަ އަޅުކަން ކުރުން ގިނަކޮށް ތިބާގެ ހިތާމަ ހެއްދެވި ފަރާތާ ހިއްސާ ކުރާށެވެ. މީހަކު ހާލު ކިހިނެއްތޯ ސުވާލު ކޮށްފިނަމަ މާތް ﷲ އަށް ޙަމްދުކޮށް ހިނިތުން ވެލާށެވެ.

Ad
rt

ހިނގާފައިދާއިރު ހިންޏެއް ފެނިއްޖެނަމަ އެހިންޏަށް ފައިންއަރާ ގޯނާ ނުކުރާށެވެ. ﷲ ގެ ހަޒްރަތުގައި ތިބާ އެ ހިންޏަށް ރަޙުމު ކުރިފަދައިން އެހިނިވެސް ތިބާ އަށް ރަޙުމަތަށް އެދޭނެއެވެ.

ހިންޏަކީ މާތް ﷲ އަށް ޙަމްދާ ސަނާ ކިޔާ އެއްޗަކަށް ވާއިރު އެ ހިނި މަރާލުމަށްފަހު އެސޮރު ﷲ އަށް ކިޔަމުންދިޔަ ޙަމްދާ ސަނާ މެދުކަނޑާނުލާށެވެ.

ފެންކޯރަކުން ފެންބޯއިން ދޫންޏެއް ތިބާ ދާ މަގުމަތިން ފެނުމުން އެސޮރު ބިރުގަންނަވާނލުމަށްފަހު ފައްސާ ނުލާށެވެ. ހިތްތަށް ކަރާ ހަމައަށް ގެނުވާފަދަ ބިރުވެރި ޤިޔާމަތް ދުވަހުން ތިބާ ބިރުވެރިކަމުން ސަލާމަތް ކޮށްދޭ އެއްޗަކަށް އެދޫނި ވެދާނެއެވެ.

ތިބާ ހިނގާފައިދާ މަގުން ބުޅަލެއް ހުރަސް ކޮށްފިނަމަ އެބުޅާ ފަހާ ނުދާށެވެ. ހުއްޓި މާތް ﷲ ގެ ރައްކާތެރިކަމަށް އެދޭށެވެ. އެ ބުޅަލަކީ ނުބައިކަމަކުން ތިބާ ސަލާމަތް ކުރާ އެއްޗަކަށް ވެދާނެއެވެ.

ބާކީ ވެ އިތުރުވާ ކާބޯތަކެތި އުކާލަން ޖެހިލުންވާނަމަ ދިރޭ ޖަނަވާރު ފަދަ އެއްޗެއްސަށް ކެވޭ ނެ ގޮތަކަށް އެތަކެތި ބަހަށްޓާށެވެ. މާތް ﷲ ގެ ރަޙުމަތުން ތިމާ ހީވެސް ނުކުރާ ފަދަ ގޮތަކަށް އެކަލާނގެ ތިމާއަށް ދެއްވަވާނެއެވެ.

ހަނދާން ބަހަށްޓާށެވެ. ކުރެވޭ ކިތަންމެ ކުޑަ ކަމަކުންވެސް ތިމާ އަށް ސުވަރުގެއަށް ދިއުމުގެ ދޮރު ހުޅުވިދާނެއެވެ. އެހެންކަމުން ކޮންމެ ކަމެއްވެސް ހެވަށް އެދިގެން ކުރާށެވެ.

އަދި މިލިއުން އެހެން މީހުނަށް ފޯރު ކޮށްދޭން ބޭނުންނަމަ ޝެއަރ ކޮށްލާށެވެ. އެހެން މީހަކަށް ހެޔޮކަމަކަށް އެދޭމީހާ އަށް މާތް ﷲ މިދުނިޔެ މަތީ އަދި އާޚިރަތްދުވަހުން ހެޔޮކަމެއް ލައްވަވާނެއެވެ.