ހއ. ހޯރަފުށީގައި އެއްގަމު ލައިސަންސް ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ.

މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމަށް ހުޅުވާލާފައިވަނީ 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައެވެ.

Ad
rt

އަންދާސީ ހިސާބު ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ 04 ފެބްރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 11:30 އެވެ.

މި ހަފްތާގައި އެރަށު ކައުންސިލުންވަނީ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ދޫކުރަން ފެށުމުގެ ކުރިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަނީ އެ އަތޮޅު ކައުންސިލް އިދާރާއިންނެވެ. އެހެންކަމުން ލައިސަންސް ބޭނުންވާ ފަރާތްތަކުން ޖެހެނީ، އަތޮޅު ކައުންސިލް ހުންނަރަށް ކަމަށްވާ، އެ އަތޮޅު ދިއްދުއަށް ގޮސް ލައިސަންސް ނެގުމާބެހޭ ކަންކަން ފުރިހަމަ ކުރާށެވެ.