މަޝްޙޫރު ޓީވީ ޕްރެޒެންޓަރ އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ގެ ތަފާތު އެދުމެއް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީގެ އަރިހުން މިވަނީ އެދިފައެވެ.
1. ދިރާގު ވަތަނިޔާ ގެ ތަފާސް ހިސާބުތަކުން ދިވެހިން ބަރަހަނާ ސައިޓް ތަކަށް ވަންނަ ނިސްބަތް
2. އެއް ކޮޓަރީގަ މައިންބަފައިއްނާ ދަރިން ނިދާ މިންވަރުގެ ތަފާސް ހިސާބު
3. ބެލެނިވެރިޔަކު ނެތި އެހެން މީހުން ގާތުގައި ދަރިން ބަލަދުވެރި ކުރުވާފައި ތިބި މިންވަރުގެ ތަފާސް ހިސާބު
4. ބަދުއަޚްލާޤީ މައްސަލަތަކުގެ ތަފާސް ހިސާބު
5. އެބޯޝަން ހެދުމަކީ ކިހާވަރެއްގެ ކަމެއްތޯ އާއި، އެބޯޝަން ހެދުމަށް ބައިވެރިވާ މީހުންނަށް އޮތް ހުކުމަކީ ކޮބައިތޯ؟
6. މައިންބަފައިންގެ ރުހުމުގައި ރައްޓެހިވެގެން ގެއަށް އައިސް އުޅޭ ބޯއީފުރެންޑުގެ ފަރާތުން ފާހިޝް އަމަލު ހިންގުމަށް ފުރުސަޠު ދޭ މައިން ބަފައިންނަށް ނަސޭހަތް ދިނުން
7. ކުޑަ ކުދިންނާ ބެހުމަކީ އެކުދިން މަރާލަން އުޅުން ކަމާއި
8. ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާސް ހިސާބު
9. ހަށި ވިއްކުމުގެ ވިޔަފާރީގައި ދިވެހިންގެ ބައިވެރިވުން ހުރި މިންވަރުގެ ތަފާސް ހިސާބު
10. މިހުރިހާ ކަމަކަށް މަގު ފަހިވާ ސަބަބު ތަކާއި، އަދަބު ތަކާއި، ތަންފީޒް ނުކުރީމަ ވާ ގޮތާއި، ދީނުގައި ކަނޑަ އަޅާފައިވާ ހުކުމް ތަކާއި ، މުޖުތަމައުތަކަށް ތާރީޚުގައި ވެފަ ހުރި ގޮތް ގޮތާ ކޯފާ ގެ ވާހަކައިގެ މައްޗަށް ހުކުރު ޚުތުބާ ތައްޔާރު ކޮށް ދެއްވުން އެދެމެވެ.
10 ނުކުތާއެއް ހިމަނުއްވާ އިއްބެ ފޭސްބުކްގައި ލިއުވި ދިގު ޕޯސްޓުގައި އެދިފައިވަނީ އަންނަ ހުކުރު ދުވަހުގެ ޚުތުބާގައި މިކަންކަން ހިމަނައި ދިނުމަށެވެ. އެގޮތުން އިއްޒަތްތެރި ވަޒީރަށް އިއްބެ އެދިފައިވާ ކަންކަން ހިއްސާކޮށްލާނަމެވެ.
ނިންމާލަމުން އިއްބެ ބުނެފަައިވަނީ މިއީ "ވަރަށް އާދޭ ހާއި އެކު" އެދޭ އެދުމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!