މާލޭގެ މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައިވަނީ މާފަންނު ގެއެއްގެ 10 ވަނަ ފަންގިފިލާގައި ހުރި ގުދަނެއްގައި ކަމަށެވެ.

Ad
rt

މިރޭ 6:30 ހާއިރު ހިނގި މި ހާދިސާގައި ރޯވި އަލިފާން ގާތްގަނޑަކަށް ގަޑިއިރެއްތެރޭ ނިއްވާލައިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެ ގެޔަކީ މާލޭ، މާވެޔޮމަގު ފަތަހަ ފިހާރަ ކައިރީ ހުންނަ ގެއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ ނިޔަދުރުމާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެކަން ބަލަމުން އަންނަ ކަމަށެވެ.

މިހާދިސާގައި މީހަކަށް އަނިޔާވިކަމެއް އަދި ނޭނގެއެވެ.