ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު މަޖިލީހަށް ފޮނުވައިިފިއެވެ.

ފުއާދު ވަނީ 15 ސެޕްޓެމްބަރު 2021 އިން 23 ނޮވެމްބަރު 2024 އަށް އީސީގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. ކުރިން ވެސް އީސީގެ ރައީސްކަން ކުރެއްވި ފުއާދުގެ މި ދައުރު ހަމަވީ މި މަހުގެ 23 ގައެވެ.

Ad
rt

އެއާއިއެކު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ފުއާދު ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން އޭނާގެ ނަން ހޯދުމަށް މަޖިލީހަށް ފޮނުވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެކަން އިއުލާނު ކޮށްފައެވެ.

ފުއާދު ވަނީ އިންތިގާލީ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަން ވެސް ކުރަށްވާފައެވެ. އެއީ 4 ސެޕްޓެމްބަރު 2008 އިން 14 ސެޕްޓެމްބަރު 2009 އަށެވެ. އަދި އިންތިގާލީ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމާއި، އިލެކްޝަންގެ ކޮމިޝަންގެ ރައީސްކަމުގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުކަން ވެސް ކުރެއްވިއެވެ.

ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަނުކުރުމަށް ފުއާދުގެ ނަން ފޮނުވުމުގެ ކުރިން ވެސް އޭނާ ދައުރު ހަމަވުމުން އެ މަގާމަށް ހަމަޖައްސާނެކަމަށް އޮތީ އަޑު ފެތުރިފައެވެ.