ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅި ފަރުވާކުރަމުންދާ ވައިކަރަދޫ ޒާހިރުއަށް އެހީ ވެދެއްވާ!

87177F80-C2F5-42D4-A389-D9DE2290B046

ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅި ފަރުވާހޯދަމުންދާ މުޙައްމަދު ޒާހިރު އިތުރުފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 16 ވަނަ ދުވަހު ހދ. ވައިކަރަދޫގައި ދެ ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 48 އަހަރުގެ މުހައްމަދު ޒާހިރުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ.

އިތުރު ފަރުވާއަށް މާލެ ގެންދެވި އައިޖީ އެމްއެޗްގައި ފަރުވާދިނުމަށްފަހު ވަނީ އެޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރެވިފައެވެ. ނަމަވެސް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާތީ އެކަން ކުރުމަށް އާއިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ބޭސް ފަރުވާ އާސަންދައިން ހަމަ ޖެހުނުނަމަވެސް، އާސަންދައިން ހަމަ ނުޖެހޭ ބޮޑެތި ޚަރަދުތަކެއް މިކަމަށް ހިނގާނެތީއާއި، އާއިލާގެ މާލީ ތަނަވަސްކަން ހުރި ގޮތުން ދީލަތި ފަރާތްތަކުގެ މަދަދަށް އެ އާއިލާއިން އެދެއެވެ.

2019 ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ވަައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ބޮލަށާއި ސިކުނޑިއަށް ލިބުނު ގެއްލުމަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ މުޙައްމަދު ޒާހިރު (ފެމޯރާގެ/ހދ. ވައިކަރަދޫ ) އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރ އިރުޝާދު ދެއްވާފައިވާތީ ފަރުވާ ހޯދުމަށް ފައިސާގެ އެހީތެރިކަން އާއިލާއަށް ބޭނުންވޭ.

އާއިލާގެ ފަރާތުން އެހީތެރިކަމަށަ އެދި ލިޔެފައިވެއެވެ.

އެހީތެރިކަން ފޯރުކޮށްދެއްވޭނެ ފަރާތްތަކުން ފައިސާ ޖަމާކުރައްވާނީ:
MVR A/C: 7706340923101 (Ali Amir)
USD A/C: 7704255195102 (Mohamed Zahir)

More info:
Ali Amir: 7912541، 9912541
Fathimath Ibrahim: 7831598
Naseera Mohamed: 7712386

ވައިކަރަދޫ އިން ފައިސާ ހަވާލު ކުރުމަށް:
އަލީ ފާޒިލް 9902629

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *