ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2024" ފައިނަލުން އުތީމާއި އިހަވަންދޫއިން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ވާދަކުރީ ބާރަށާއި އުތީމެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އުތީމުން ވަނީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗުގައި އުތީމަށް ލަނޑުތައް ޖަހައިދިނީ ކެޕްޓަން މުޙައްމަދު މަޒީން، މުހައްމަދު ނަބީލްގެ އިތުރުން އަލީ އިލްހާމެވެ. މަޒީން ވަނީ ދެ ލަނޑު ޖަހާފައެވެ. ބާރަށުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު މާއިސްއެވެ.

Ad
rt

މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ އިހަވަންދޫއާއި ދިއްދޫ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އިހަވަންދޫ މޮޅުވީ 4-1 ގެ ނަތީޖާއިންނެވެ.

އިހަވަންދޫއާއި އުތީމް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު ކެލާ ފުޓްސަލް ދަނޑުގައެވެ.

މި އަހަރުގެ މުބާރާތުގައި އެ އަތޮޅުގެ 10 ރަށަކުން ވަނީ ބައިވެރިވެފައެވެ.