ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މި ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ޢަބްދުލްމަޖީދު މާހިރަކީ ދިވެހިރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން، ޤަދަރުވެރި، ޚިދުމަތްތެރި، ޝަޚްޞިއްޔަތެކެވެ.

މަރްޙޫމު މާހިރަކީ ދިވެހި ބޭސްވެރި ޙަކީމެއްގެ އިތުރުން ދިވެހި ތާރީޚާއި އާދަކާދައިގެ އެތައް މަޢުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޛެއްކަމާއި ޤައުމަށް ޚިދުމަތްތެރި ޢިލްމީ ޤާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއްކަން ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައިކަމަށް ވިދާޅުވެފައެވެ. އަދި މަރުޙޫމް ޢަބްދުލްމަޖީދު މާހިރުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި އެ މަރުޙޫމް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުހްއެދި ދުޢާ ދަންނަވާފަވެއެވެ.

މަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ، މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމާއި، ތިޖާރީ ނައިބު ވަޒީރުކަމާއި، ފެނާބެހޭ އިދާރާގެ ވެރިޔާ ކަމާއި، މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޢަބްދުލްމަޖީދު މާހިރު އަވަހާރަވިއިރު އުމުރުފުޅަކީ 96 އެވެ.