އުތުރަށް މުޅިން އާ ދަތުރުފަތުރުގެ ނިޒާމެއް

20200115_172140

އުތުރަށް މުޅިން އާ ދަތުރުފަތުރުގެ ނިޒާމެއް ފެށުމުގެ ޕްލޭން ކޮށްފައިވާ ވާކަމަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަލަށް މުޅި ރާއްޖޭގައި ގާއިމް ކުރަން ނިންމާފައިވާ ކަނޑުދަތުރުފަތުގެ ނިޒާމު ފަށާނީ ހއ، ހދ އަދި ށ. އަތޮޅުން ކަމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީއިން ކުރިއަށް ގެންދާ ”ތިލަދުންމަތި އިރުވައި ކޮންފެރެންސް“ ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖެއަށް އެންމެ ބޮޑު ބަދަލެއްގެނެވި ރާއްޖެ ތަރައްގީވާނީ ޓްރާންސްޕޯޓުގެ ދާއިރާ އިތުރަށް ތަރައްގީކޮށްގެން ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ދަތުރުފަތުގެ ނިޒާމުގެ ތެރެއިން، ފެރީތައް ދަތުރު ކުރަނީ ތިން ބާވަތެއްގެ ލިންކަކުންނެވެ. އެއީ ކޮމިއުޓް ލިންކާއި، ނޮން ކޮމިއުޓް ލިންކާއި، ހައިވޭ ލިންކެވެ.

އާބާދީ ބޮޑު، އިގްތިސާދީ ގޮތުން ވަރުގަދަ ސަރަހައްދުތަކަށް ކައިރިރަށެއްގެ މީހަކަށް ދުވާލެއްގެ މައްޗަށް ދެތިން ފަހަރު ދެވޭނެ ވަރަށް ދަތުރު ގިނަ އަދި އަވަސް ލިންކުތަކަކީ ކޮމިއުޓް ލިންކެވެ. އެ ލިންކުތަކުގައި ކުރާ ދަތުރުތައް އެންމެ ދިގުވެގެންވެސް ވާނީ 40 ކިލޯމީޓަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަތުރުތަކަށް އެވަރެޖުކޮށް ނަގާނީ 34 މިނެޓު ކަމަށާ އި އެންމެ ގިނަވެގެންވެސް ނަގާނީ 50 މިނެޓު ކަމަށް ވިދާޅުވިއެވެ. އެފަދަ 12 ލިންކެއް އުތުރުގައި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނޮން ކޮމިއިޓު ލިންކަކީ ދުވާލަކު އެއްފަހަރު އާބާދީ ބޮޑު، އިގްތިސާދީ ސެންޓަރަކަށް މީހަކަށް ދަތުރުކޮށް އަނބުރާ ދެވޭ ވަރުގެ ދަތުރުތައް އޮންނަ ލިންކެކެވެ. އެ ދަތުރުތަކުގެ އެވަރެޖު ދިގުމިނަކީ 44 ކިލޯމީޓަރު ކަމަށާއި، އެވަރެޖުކޮށް 40 މިނެޓު ތެރޭގައި ދަތުރު ނިންމޭނެ ކަމަށެވެ. އެންމެ ގިނަވެގެންވެސް ނަގާނީ 70 މިނެޓު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފަސް ނޮން ކޮމިއުޓު ލިންކު އުތުރުގައި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަތޮޅުތައް ގުޅުވައިދޭ ލިންކަކީ ހައިވޭ ލިންކެވެ. އުތުރުގައި ނަމަ އެ ލިންކު އޮންނާނީ އިހަވަންދޫއިން ކުޅުއްފުށިން ފުނަދޫއަށެވެ. އެއީ އެއް ދުވަހު ގޮސްފައި އަނެއް ދުވަހު އަންނަ ކަހަލަ ދަތުރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ލިންކުގައި އެވަރެޖު ދަތުރެއްގެ ދިގުމިނަކީ 53 ކިލޯމީޓަރު ކަމަށާއި އެންމެ ދިގު ދަތުރުވެސް ވާނީ 63 ކިލޯމީޓަރު ކަމަށް ވިދާޅުވިއެވެ. އަދި އެވަރެޖުކޮށް 63 މިނެޓުގެ ތެރޭގައި އެ ލިންކުން ދަތުރުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ލިންކުތަކުގައި ދަތުރުުކުރަން ބޭނުންވަނީ 30 މީހުންގެ ޖާގައިގެ 14 އުޅަނދު ކަމަށް އަސްލަމް ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ނިޒާމަށް މި އަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިއީ ހިޔާލީ ކަމެއް އަދި… ކޮބާހޭ އައުޓް ޑޯ ޖިމް… ވޯޓަށް ސަލާން ޖަހާއިރު ތިޔަހުރިހާ މުނޖކޭ ކިޔާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި