ހދ. ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު މޫދުގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ އެވެ.

އެރަށު ބަނދަރު ސަރަހައްދުގައި ހުރި މީހަކު "ތިލަދުން" އަށް މަޢުލޫމާތު ދެމުން ބުނީ މަރުވެފައިވަނީ ކުޅުދުއްފުށި ސިޓީ އަށް ނިސްބަތްވާ ޒުވާނެއްކަމަށެވެ.

Ad
rt

މަރުވެފައި އޮއްވާ ފެނުނީ، އެރަށު މުޙައްމަދު ހަސަން، ޑެއިޒީފެހި، (36 އަހަރު) އެވެ. ފަޅުތެރޭގައި އޮއްވާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އެޒުވާނާ މިހާރު ވަނީ ފުލުހުން ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިކަމަށް އެމީހާ ބުންޏެވެ. އޭނާ ނަގާފައިވަނީ ބެޑްޝީޓެެއް ބޭނުންކޮށްގެންނެވެ.

އޭނާ މޫދުން ނެގި އިރު ހަށިގަނޑު ފުދޭ ވަރަކަށް ހަރުވެފައިވާކަަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން މިހާތަނަށް ބުނެފައިވަނީ، ކުޅުދުއްފުށީގައި ފަޅުތެރެއިން ހަބަރު ހުސްވެފައި އޮއް މީހަކު ފެނިގެން ސީން ގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާކަމަށެވެ.

އިތުރު ތަފްސީލު ލިބުމުން ހިއްސާކުރާނެކަމަށް ފުލުހުން ބުންނެވެ.

އިއްޔެވެސް ވަނީ، ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮތް އަންހެނެއްވެސް ފެނިފަ އެވެ. އެމައްސަލަ ވެސް ފުލުހުން އަންނަނީ ތަޙުޤީގު ކުރަމުންނެވެ.