•  
  •  
  •  
  •  
  •  
  •  
  •  

15 އަހަރުގެ އަންހެން ކުއްޖެއްގެ ނޭވާހޮޅިން އަނެއްކާ ވެސް ބުރުގާ ޕިނެއް އައިޖީއެމްއެޗް ހޮސްޕިޓަލްއިން ނަގައިފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ޓީމަކުން މިރޭ ޓުވިޓަރގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ ބުރުގާ އަޅާއިރު، އަނގައަށް އެއްގޮތަކަށް ވެސް ޕިން ލާކަށް ނުވާނެ. ކޮންމެވެސް ކަހަލަ ގޮތަކަށް ޕިން ހަމަ އަނގައިގެ ތެރެއަށް ހިނގައިދާނެ. ކޮށި އެރުން ނުވަތަ ކޮންމެވެސް އެހެން ކަމެއް ދިމާވެގެން ވެސް، އެހން ކަމުން އެއްވެސް ހާލަތެއްގައި ބުރުގާޕިން އަނގަޔަށް ނުލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެ ޕިން ނެގީ ޔޫޖީއައި އެންޑެސްކޮޕީ ބޭނުންކޮށްގެން ކަަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

"އެފަދަ ތަކެތި އަނގަޔަށް ލައިގެން އުޅެނިކޮށް ދިމާވާ ހާދިސާއަކުން އެއެތި ބަނޑަށް ގޮސް އެންޑެސްކޮޕީ އިން ނުނެގިއްޖެ ނަމަ ބޮޑު ސާޖަރީއަކަށް ވެސް ދާން ޖެހިދާނެ،" އައިޖީއެމްއެޗްގެ ޓުވީޓޫގައިވެ އެވެ.

އެހެންކަމުން އެފަދަ ކަންތައްތަކުގައި ސަމާލުވުމަށް އައިޖީއެމްއެޗް އިން ވަނީ އިލްތިމާށްކޮށްފަ އެވެ.

މިދިޔަ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު އަންހެން ކުއްޖެއްގެ ޕުއްޕާމެއިން ވެސް ބުރުގާ ޕިނެއް ނަގައިފައެވެ. އަދި ހަމަ އެމަހުގެ 26 ވަނަދުވަހުވެސް ކުޑަ ކުއްޖެއްގެ ނޭވާހޮޅިން ބުރުގާ ޕިނެއް ނަގާފައި ވާއިރު، ޖެހިގެންއައި ދުވަހުވެސް ވަނީ 19 އަހަރުގެ އަންހެނެއްގެ ބަނޑުން ވެސް ބުރުގާ ޕިނެއް ނަގައިފަ އެވެ.

ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައިވެސް މިފަދަ އޮޕަރޭޝަންތައް މިހާރު ކުރެވޭގޮތަށް ހުރިކަމުގައިވިޔަސް މިއީ އާދައިގެ ކަމެއްގެ ގޮތުގައި ދުށުމަކީ ފުރާނަ ގެއްލިގެން ހިނގައިދާނެ ފަދަ ކަމެކެވެ.

ބުރުގާގައި ޖަހާ ޕިން ފަދަ ތަކެތި އަނގަޔަށް ލައިގެން އުޅުމަކީ ވަރަށް ގިނަ މީހުން ކޮށް އުޅޭ ކަމެކެވެ. ޕިން އަނގަޔަށް ލައިގެން ހުރެ ވާހަކަ ދެއްކުމުން ނުވަތަ އެހެނިހެން ކަމެއް ދިމާވެގެންވެސް ޕިން ކަރުގެ ތެރެއަށް ގޮސް ފުއްޕާމެޔަށް ގޮސްފައިވާ މި ނޫންވެސް އެހެނިހެން ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިންގާފަ އެވެ. އަދި މިއީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއް ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗް މިދިޔަ ނޮވެމްބަރ މަހު ބުނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެފަދަ 15 ހާދިސާއެއް ރިޕޯޓް ކޮށްފައިވާއިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވެސް އައިޖީއެމްއެޗު އިން ވަނީ ބުނެފަ އެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ