ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ތިލަދެކުނު ފުޓުބޯޅަ މުބާރާތް 2024" ގައި 8 ޓީމް ބައިވެރިވެފައިވާއިރު، އެ ކައުންސިލުން އަތޮޅުގެ ކަނބަލުންނަށް ބާއްވާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2024" ގައި 14 ޓީމް ބައިވެރިވެއްޖެއެވެ.
ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަތޮޅު ކައުންސިލުން ދީފައިވަނީ ހދ.އަތޮޅުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށެވެ.
މުބާރާތުގައި ބައިވެރިވި 8 ޓީމް
- މަގުލަސް ކުލަބް (ކުޅުދުއްފުށި)
- އިންފިނިޓީ އެކަޑަމީ (ކުޅުދުއްފުށި)
- ކުލަބް ކޮރަލްސް (ކުޅުދުއްފުށި)
- ހިރަފުސް ސްޕޯޓްސް ކުލަބް (ކުޅުދުއްފުށި)
- ސާއްބަ އެކުވެރިން ކުލަބް (ހަނިމާދޫ)
- ޓީމް ނެއްލައިދޫ
- ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް
- ކުމުންދޫ ސްޕޯޓްސް ކުލަބް
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް) ރުފިޔާ ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ނިންމާފައި ވަނީ 30000 (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މި މަހު 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތިލަދެކުނު ފުޓްސަލް މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައެވެ. މި މުބާރާތަށް އަތޮޅުގެ ރަށްތަކުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
މުބާރާތުގައި ބައިވެރިވި 14 ޓީމް
- ކުލަބް ވީއާ ވަން - ކުޅުދުއްފުށި
- ގްރީން ސްޕޯޓްސް ކުލަބް - ކުޅުދުއްފުށި
- މާއްޓޭ ސްޕޯޓްސް - ކުޅުދުއްފުށި
- ސްކައި - ކުޅުދުއްފުށި
- މަންޓާ ސްޕޯޓްސް އެކަޑަމީ - ކުޅުދުއްފުށި
- ކެޑް - ކުޅުދުއްފުށި
- ވިއެ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބް - ފިނޭ
- ކުމުންދޫ ސްޕޯޓްސް ކުލަބް
- ޓީމް ނައްލައިދޫ
- ކެތިއަރާ - ހަނިމާދޫ
- ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
- ކުލަބް ސެނޮން - ނޭކުރެންދޫ
- މާމުޑާ ސްޕޯޓްސް ކުލަބް - މަކުނުދޫ
- ނައިވާދޫ ޓްރެއިނަރސް ސްޕޯޓްސް ކުލަބް
މި މުބާރާތުގައި ޗެމްޕިއަން ޓީމަށް 20،000 (ވިހިހާސް) ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ވަނީ 10،000 (ދިހަހާސް) ރުފިޔާ ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!