ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މި އަހަރުގެ ދެވަނަ ޓާމުގައި ފަށާ، މަސްވެރިކަމުގެ ދާއިރާގެ ހަތަރު ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ފެކަލްޓީގައި ފެށުމަށް ހަމަޖެހިފައިވާ ހަތަރު ކޯހަކީ:

Ad
rt

މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުގެ 10:00 ގެ ކުރިން، ކޯހުގައި ބައިވެރިވުމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރުމަށް ގައުމީ ޔުނިވާސިޓީން އެދެއެވެ.

  • ނޭޝަނަލް ސެޓްފިކެޓް 3 އިން ސްޕޯޓްސް ފިޝިންގ ގައިޑިންގ - ފުލްޓައިމް (ބްލެންޑެޑް) މާލެ،ހދ. ކުޅުދުއްފުށި، ސ. ހިތަދޫ
  • ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް - ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން
  • ނޭޝަނަލް ސެޓްފިކެޓް 2 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް - ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން
  • ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް - ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަސްވެރިކަމާ ބެހޭ ތައުލީމާ ތަމްރީންދޭ ކޮލެޖު ގާއިމްކުރުމުގެ އެއްބަސްވުމެއްގައި ފިޝަރީޒް މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީއާއި ދެމެދު ސޮއިކޮށްފައިވެއެވެ.

މަސްވެރިކަން ތަރައްގީކުރުމަށް ހާއްސަ ކޮލެޖެއް ގާއިމްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެއީ ސަރުކާރުގެ ހަފްތާ-14 ގެ ތެރޭގައި ވެސް ހިމެނި ވައުދެކެވެ.