މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އެމްއާރުއެމް އަކީ ކުރީގެ ރައީސް އަލް އުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ އަދަދަށް މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވާލަން ނިންމާފައިވާ ކަމަށެވެ. ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓަރީވެ ދެމިއޮތުމަށް 3000 (ތިންހާސް) މެމްބަރުން ތިބެން ޖެހެއެވެ.
މިއީ އީސީން އެމްއާރުއެމް އުވާލަން ނިންމި ދެވަނަ ފަހަރެވެ. ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވާތީ ފާއިތުވި އަހަރުގެ މެއި މަހުވެސް އީސީން ވަނީ އެ ޕާޓީ އުވާލަން ނިންމާފައެވެ.
އެފަހަރު އެމްއާރުއެމް އުވާލަން ނިންމުމުން އެ ޕާޓީން ވަނީ އެކަމާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށް އެ ދައުވާ ކާމިޔާބު ކޮށްފައެވެ. އީސީގެ ނިންމުން ގޯސްކަމަށް ކަނޑައަޅައި ކޯޓުން ވަނީ ޝަރީއަތުގެ ފީގެ ގޮތުގައި ހަރަދުވި 50،000 (ފަންސާސް ހާސް) ރުފިޔާ އެމްއާރުއެމްއަށް ދެއްކުމަށް އީސީގެ މައްޗަށް ހުކުމް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!