ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ގުޅުވައި ކުރީގެ ސީޕީ ހުސެން ވަހީދު ދެއްކެވި ވާހަކަ ސީޕީ ޝުޖާޢު ދޮގުކުރަށްވައިފިއެވެ.
ހުސެންގެ ވާހަކަ ދޮގުކުރަށްވައި ސީޕީގެ ފަރާތްޕުޅުން ނެރުއްވި ކުރުބަޔާނެއްގައި ވިދާޅުވީ، 18 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ ކުރީގެ ސީޕީ ހުސެން ދައްކަވާފައިވާ ވާހަކައެއްގައި ނޫމަޑި މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރެއްވުމަށް އޭނާ އާއިއެކު ދިޔަކަމަށް ސީޕީ ހުސެން ވިދާޅުވި ވާހަކައަކީ ދޮގެއްކަމަށެވެ.
އެއީ ޙަޤީޤަތާއި ޚިލާފް، އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް ވެސް ސީޕީގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.
''ނޫމަޑި މައްސަލައާއި ގުޅިގެން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެން ވަހީދާއެކު އެއްވެސް ފަރާތަކާއި އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ވާހަކަ ކަށަވަރުކަމާއެކު ދަންނަވަން'' ސީޕީގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.
ކުރީގެ ސީޕީ ހުސެން ދެއްކެވި ކަމަށް ސީޕީ ޝުޖާޢު އެ އިޝާރާތްކުރަށްވާ ވާހަކައަކީ ހުސެންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ރޭ ބޭއްވި ފްރަންޓް އޮފީސް އިވެންޓްގައި ހުސެން ދެއްކެވި ވާހަކަތަކެއް ކަމަށް ބެލެވެއެވެ.
ހުސެން އަކީ ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމްގެ އަރިހުގައި ސިޔާސީ މަސައްކަތްޕުޅު ކުރަށްވަން ގެންދަވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!