ވޮލެޓެއް ފޭރިގަތް މައްސަލައެއްގައި ކުޅުދުއްފުށިން އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާއާއި ގުޅޭ ދެ ވީޑިއޯއެއް މިހާރު ސޯސަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަނީ މަގުމަތިން ބިދޭސީ ފިރިހެނަކު އަންހެނެއް ދިޔަނުދީ ހިފަހައްޓާ މަންޒަރެވެ.
އަންހެން މީހާ އޭނާ އަތްދަށުން ސަލާމަތްވާން މަސައްކަތްކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ދިވެހި އަންހެނަކު ވޮލެޓެއް ފޭރިގަތް މައްސަލައެއް މިއަދު ހަވީރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން އެ އަންހެން މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!