ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި ބޭއްވި މޭކަޕް ކުރަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
މި ކޯހަކީ މަޝްހޫރު މޭކަޕް އާޓިސްޓު ރުތުބާ އަހުމަދާއި ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކޯގެކެވެ.
ޖުމްލަ 15 ބައިވެރިންނާއިއެކު މި ކޯސް ފަށާފައިވަނީ މި މަހު 13 ވަނަ ދުވަހުއެވެ. ޖުމްލަ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯސް ނިންމާލާފައި ވަނީ 17 ވަނަ ދުވަހުއެވެ. ނިންމުމުގެ ރަސްމިއްޔާތު މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ބާއްވައި، ކޯސް ފުރިހަމަކުރި 15 ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މި ކޯހުގެ، ކޯސް ފީއެއްގެ ގޮތުގައި 1000 (އެއްހާސް) ރުފިޔާ ކަނޑައަޅާފައިވާއިރު، ބައިވެރިންނަށް ލިޔެއް ދިނުމުގެ ގޮތުން ފީގެ ދެބައިކޮށްފައި އެއްބަޔަށްވާ 500 (ފަސްސަތޭކަ) ރުފިޔާ ދައްކައި ދީފައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!